ލިޔުނީ: މަމްދޫހާ އިބްރާހީމް، ބެލެނިވެރިއެއް އެއްދުވަހަކު، އަލީ ކިޔާ ހީވާގި، ކިޔަމަންތެރި ފިރިހެން ކުއްޖެއް ސުކޫލް ނިމިގެން ގެޔަށް ދަނިކޮށް މަގުމަތިން ރީތި ފައިސާ ދަބަހެއް ފެނިއްޖެއެވެ. ދަބަސް ނަގައި ބެލިއިރު، ދަބަހުގައި ވަރަށް ގިނަ ފައިސާ އާއި، މުހިންމު ކާޑުތަކެއް ހުއްޓެވެ. އަލީގެ ހިތަށް އެރިއެވެ. ”މިދިމާވީ ކިހާ ރަނގަޅަށް ހެއްޔެވެ؟ މިހާރު މަށަށް ބޭނުންވާ ބައިސްކަލް މި ފައިސާއިން ގަނެވޭނެއެއްނު.“ ނަމަވެސް، އޭނާގެ މުދައްރިސުންނާއި، މައިންބަފައިން އަންގަވާފައިވާ އިރުޝާދުތައް ހަނދާނަށް އައިސް އޭނާ ހުއްޓުނެވެ. ”އަމާނާތްތެރިކަމަކީ ވަރަށް މުހިންމު ސިފައެއް“ މި …
އިތުރަށް ކިޔާލުމަށްވާހަކަ
ވާހަކަ – ލީނާގެ ދިރިއުޅުން
ރިޔާޝާ މުޙައްމަދު ނަޖީބް / ގްރޭޑް 6 ލީނާއަކީ ވަރަށް ނިކަމެތި ކުއްޖެކެވެ. އެހެން ނަމަވެސް ލީނާއަކީ މީހުންނަށް އިޙްތިރާމް ކުރަން އެނގޭ ކުއްޖެކެވެ. ބަސްއަހާ ރަނގަޅުކުއްޖެކެވެ. އެހެން މީހުންނަށް އަޅާލާ އޯގާތެރި ކުއްޖެކެވެ. ލީނާގެ މި އޯގާތެރިކަމުގެ ސަބަބުން އެހެން މީހުންވެސް ލީނާ އާއި ދޭތެރޭ އަޅާލާ އޯގާތެރިވެއެވެ. ލީނާ އަކީ މުރާލިކުއްޖެއް ވެސްމެއެވެ. ލީނާ އަކީ ދަނޑުވެރިކަން ކުރުމަށް ބޮޑު ދަނޑެއް ގެންގުޅޭ ކުއްޖެކެވެ. ކޮންމެ ދުވަހަކުވެސް ލީނާ ދަންޑަށް ދެއެވެ. ލީނާ ދަނޑަށް ދަނީ އާންމުކޮށް ހެނދުނާއި ހަވީރުއެވެ. ލީނާގެ …
އިތުރަށް ކިޔާލުމަށްވާހަކަ – ބަސްއަހާ އައިސާ
އައިޝަތު އިސްރާ ސައީދު / ގްރޭޑް 6 އެއްދުވަހަކު އައިސާ ކިޔާ ކުއްޖަކު އުޅުނެވެ. އެކުއްޖާ އަކީ ވަރަށް ބަސްއަހާ ކުއްޖެކެވެ. އެކުއްޖާ ކޮންމެ ދުވަހަކު ޤުރުއާނުން ކޮންމެވެސ މިންވަރެއް ކިޔަވައެވެ. އެކުއްޖާ ކޮންމެ ދުވަހަކު ފަރުޟު ފަސް ނަމާދު ކުރެއެވެ. އެއާއިއެކު އެކުއްޖާ ކޮންމެ ދުވަހަކު ސްކޫލުންދޭ ފިލާވަޅުތައް ކިޔާއި އަދި ގެއަށްދޭ ހޯމްވޯކުތައް ނިންމާފަ ނޫނީ އެކުއްޖާ ތަނަކަށްވެސް ނުދެއެވެ. އެއްދުވަހަކުވެސް ކޮއްކޮ އެއް ނުރޮއްވައެވެ. ކޮއްކޮ އަށް އަޅާލައެވެ. އައިސާ މިގޮތައް ހަމަ ކޮންމެ ދުވަހަކުވެސް އުޅެމުން ދިޔައެވެ.
އިތުރަށް ކިޔާލުމަށްވާހަކަ – ޖާދުގެ ބޮއްކުރާ
ލިޔުނީ: އަޔާމް އިބްރާހީމް / ގްރޭޑް 6 ރީޒާން އެއްދުވަހަކު ހިނގާލަން ގޮސް ގޮނޑުދޮށަށް ދިޔައެވެ. ރީޒާން އަށް މިފެންނަނީ ވަރަށް ރީތި ބޮއްކުރައެކެވެ. ރީޒާން އެ ބޮއްކުރައަށް އަރާހިތުން އެރިއެވެ. ރީޒާން އަށް ފެންނަނީ ފަލިތަކެކެވެ. ރީޒާން ފަލިޖަހާލިތަނާ ބޮއްކުރާ އުދުހިގަތެކެވެ. ރީޒާން ހައިރާންވިއެވެ. ބިރުވެސް ގަތެވެ. ރީޒާން ފަހުން ހަމަޖެހުނެވެ. ބޮއްކުރާ އުދުހިގެން ގޮސް ވަރަށް ރީތި ގަސްތަކެއް ލައިފައި އޮތް ރަށަކަށް ޖެއްސިއެވެ. ރީޒާން ބޮއްކުރައިން ފޭބިއެވެ. ރީޒާން އެރަށުގައި ހިނގާލަނިކޮށް މި ފެންނަނީ ކުދިންތަކެއް ރީތި ފާކެއްގައި ކުޅޭތަނެވެ. …
އިތުރަށް ކިޔާލުމަށްވާހަކަ – ޕަރީއާއި ޖާދޫގެ ފަންސުރު
ލިޔުނީ : ފަލަކް ފައްޔާޟް ފައިސަލް / ގްރޭޑް 4 އެއްސަހަރެއްގައި ޒޯޔާކިޔާ ކުއްޖެއް އުޅުނެވެ. ޒޯޔާއަކީ ފަންސުރު ހޮވާކުއްޖެކެވެ. ޒޯޔާހޮވާ ހުރިހާ ފަންސުރު ތަކެއް އަޅަނީ ކުޑަ ލަކުޑި ފޮށްޓަކަށެވެ. އެއްދުވަހަކު ޒޯޔާ ފަންސުރު ހޮވަން ދިޔައެވެ. ޒޯޔާ ފަންސުރު ހޮވަން ދިޔައީ ގޮނޑުދޮށަށެވެ. ޒޯޔާ ފަންސުރު ހޯދަން ދިޔަ މަގުމަތީގައި ވަރަށް ރީތި ފަނސުރެއް ފެނުނެވެ. ޒޯޔާ އެފަންސުރު ހިފައިގެން ގެއަށްދިޔައެވެ. ޒޯޔާ އެ ފަންސުރު މަންމަ އަށް ދެއްކިއެވެ. މަންމަ ބުންޏެވެ. ދަރިފުޅާއެވެ! ތިޔައީ ދަރިފުޅު ހޮވި އެންމެ ރީތި …
އިތުރަށް ކިޔާލުމަށްވާހަކަ – އެހީތެރިވުމުގެ ފައިދާ
ލިޔުނީ: ޔަޝްފާ ޙުސައިން އަލީގެ ގޭގައި ރީތި މާ އަޅާ ގަސް ހުރެއެވެ. މި ގަސްތައް ހުންނަނީ ގޭގެ ބަގީޗާގައެވެ. އަލީ އެއްދުވަހަކު ބަގީޗާއަށް ދިޔައެވެ. ކުދިކުދި ހިނިތަކުގެ ގެ ހުރީ ގަސްތަކުގެ ހިޔަލުގައެވެ. އަލީއަށް އެ މަންޒަރު ފެނުމުން، ކޮންމެ ދުވަހަކު ހިނިތައް ކުރަމުންދިޔަ މަސައްކަތް ބަލަން ފެށިއެވެ. މި ހިނިތައް ކާނާ ހޯދައިގެން ގެއަށް ވައްދަނީ ހުރިހާ ހިންޏެއް ގުޅިގެންނެވެ. ނުހަނު ބުރަ މަސައްކަތުންނެވެ. ”އަވަސްކުރޭ، އަވަސްކުރޭ، ވާރޭ ވެހެން އުޅެނީ“ މަންމަ ހިނި ބުންޏެވެ. ހިނިތަކުގެ ގެތަކާއި މާ ދުރުނޫން …
އިތުރަށް ކިޔާލުމަށްގެއްލުނު ވޮލެޓް
ލިޔުނީ : ހައްވާ އަލްސާ އަލީ/ ގްރޭޑް 6 ދުވަހަކީ އުޑުމަތި ސާފު، އަވިގަދަ ނަމަވެސް ވަރަށް ހިތްފަސޭހަ ފިނި ވައިރޯޅިވެރިވާ ދުވަހެކެވެ. ޖެހޭ ތާޒާ ފިނިވައިރޯޅިން އުފާ ހޯދަމުން ސާރާ ހިނގަމުން އައި ސްކޫލުން ގެއަށްދާށެވެ. ކުއްލިއަކަށް ސަރާގެ ލޮލުގައި އަޅައިގަތީ ސައިޑް ވޯކް ކައިރިއަށް ވެއްޓިފައި އޮތް އެއްޗަކަށެވެ. އެއި ވޮލެޓެކެވެ. ވަރަށް ޝައުގުވެރިކަމާއެކު އެ ނަގައި ހުޅުވާލިއެވެ. އެ ހުޅުވާލުމާއެކު ސާރާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ވޮލެޓުގައި ވަރަށް ގިނަ އަދަދެއްގެ ފައިސާ އާއި އެހާމެ މުޙިއްމު ކާޑުތަކެއް އޭގައި …
އިތުރަށް ކިޔާލުމަށް
Faanooz Vaadhoo School