ވާހަކަ – ލީނާގެ ދިރިއުޅުން

ރިޔާޝާ މުޙައްމަދު ނަޖީބް / ގްރޭޑް 6

ލީނާއަކީ ވަރަށް ނިކަމެތި ކުއްޖެކެވެ. އެހެން ނަމަވެސް ލީނާއަކީ މީހުންނަށް އިޙްތިރާމް ކުރަން އެނގޭ ކުއްޖެކެވެ. ބަސްއަހާ ރަނގަޅުކުއްޖެކެވެ. އެހެން މީހުންނަށް އަޅާލާ އޯގާތެރި ކުއްޖެކެވެ. ލީނާގެ މި އޯގާތެރިކަމުގެ ސަބަބުން އެހެން މީހުންވެސް ލީނާ އާއި ދޭތެރޭ އަޅާލާ އޯގާތެރިވެއެވެ.

ލީނާ އަކީ މުރާލިކުއްޖެއް ވެސްމެއެވެ. ލީނާ އަކީ ދަނޑުވެރިކަން ކުރުމަށް ބޮޑު ދަނޑެއް ގެންގުޅޭ ކުއްޖެކެވެ. ކޮންމެ ދުވަހަކުވެސް ލީނާ ދަންޑަށް ދެއެވެ. ލީނާ ދަނޑަށް ދަނީ އާންމުކޮށް ހެނދުނާއި ހަވީރުއެވެ. ލީނާގެ ދަނޑުގައި ހުންނަނީ ކަރާ، ބަރަބޯ އަދި ފަޅޮލެވެ. ލީނާ ދަނޑަށް ދަނީ ލީނާގެ ކޮއްކޮ ގޮވައިގެންނެވެ. ލީނާގެ ކޮއްކޮ ލީނާއަށް ވަރަށް އެހީވެދެއެވެ. ކޮއްކޮގެ ނަމަކީ ރީނާއެވެ.

ރީނާ އަށް 10 އަހަރު ވެއްޖެއެވެ. ކޮންމެ ދުވަހަކުވެސް ރީނާ، ލީނާ ދައްތަ އާއި އެކުގައި ދަނޑަށް ފެންދޭން ދެއެވެ.

ދުވަސްތަކެއް ފަހުން ލީނާގެ ދަނޑުގައި އޮތް ކަރާވެލުގައި ކަރާއަޅާއި، ބަރަބޯ ވެލުގައި ބަރަބޯ އަޅާއި އަދި ފަޅޯ ގަސްތަކުގައި ފަޅޯވެސް އަޅާފިއެވެ. މި މަންޒަރު ފެނި ލީނާ ގެއަށްގޮސް ލީނާގެ މަންމަ ކައިރީ މިވާހަކަ ބުންޏެވެ. ”މަންމާ އަޅުގަނޑުގެ ދަނޑުގައި ކަރަލާއި ބަރަބޮލާއި ފަޅޯ އަޅާއިފި“ މިހެން ބުނުމާއެކު މަންމަ ބުންޏެވެ. “ ހަމަ ތެދެއްތަ! ހިނގާބަލަ ދަނޑަށް ދާން“. ލީނާއައި ރީނާ އަދި މަންމަ ހިނގާފައި ދަނޑަށް ދިޔައެވެ. އެ މަންޒަރު ފެނި ލީނާގެ މަންމަ ހުރީ ވަރަށް އުފަލުންނެވެ. މަންމަ ބުންޏެވެ. “ ދަރިފުޅާ މަންމަ މިއަދު މިހިރީ ވަރަށް އުފަލުން. ހިނގާ މި ތަކެތި ވިއްކަން. އޭރުން އަހަރެމެންނަށް ވަރަށް ގިނަ ފައިސާ ލިބޭނެ.“ ލީނާ ބުންޏެވެ. “ އާން ތިއީ ވަރަށް މޮޅު ހިޔާލެއް. އެހެންވީމާ މިއެއްޗެހި ގެއަށް ގެންދަން ޕިކަޕު ގެންނާށޭ ބުނަން، މަންމަ ބައްޕައަށް ގުޅާބަލަ“ މަންމަ ބައްޕައަށް ގުޅިއެވެ. މާ ގިނައިރުތަކެއް ނުވެ ބައްޕަ އައެވެ. އަދި އެ މޭވާތަށް ކަނޑައި ޕިކަޕަށް އެޅިއެވެ.

އެ މޭވާތައް ގެއަށް ގެންގޮސް ވިއްކާ ހުސްކުރިއެވެ. އޭގެން ވަރަށް ގިނަ ފައިސާ އެމީހުންނަށް ލިބުނެވެ. އެއަށްފަހު ލީނާމެން އުޅުނީ ވަރަށް އުފަލުގައެވެ.

ނިމުނީ

Check Also

ވާހަކަ – ބަސްއަހާ އައިސާ

އައިޝަތު އިސްރާ ސައީދު / ގްރޭޑް 6 އެއްދުވަހަކު އައިސާ ކިޔާ ކުއްޖަކު އުޅުނެވެ. އެކުއްޖާ އަކީ ވަރަށް ބަސްއަހާ …

Leave a Reply

Your email address will not be published. Required fields are marked *