މައުލޫމާތު

އަޅުގަނޑުމެންގެ މާދަރީބަސް ނެތިދާން ދޫކޮށްލަނީތޯއެ؟

ލިޔުނީ: ހާމިދު ވަހީދު، ލީޑިންގ ޓީޗަރ އަޅުގަނޑުމެން ކުޑައިރު ދުނިޔޭގެ އެކި ގައުމުތަކުން އެއް ގައުމުން އަނެއް ގައުމާއި ދެމެދު ހަނގުރާމަކުރާ އަޑުއަހައި އުޅެމުއެވެ. އާރާއި ބާރުވެރިކަން ހޯދުމަށެވެ. ބިންތައް އެބައިމީހުންގެ ބާރުގެ ދަށަށް ގެނެސް އެބައި މީހުންގެ އިޤްތިސޯދު ފުޅާކުރުމަށެވެ. ނުފޫޒާއި ބާރުގެތެރެއިން އަނެކާ ދެރަކޮށް އަޅުވެތިކުރުމަށެވެ. މިއަދު އަޅުގަނޑުމެނާވެސް ކުރިމަތިވެފައި މިވަނީ މިފަދަ ހަނގުރާމައަކާއެވެ. އާދެ، އަޅުގަނޑު އިންސާފުކުރަން މިއުޅޭ މައުލޫ ތަންކޮޅެއް ތިލަކޮން ބުނެލަދެވޭތޯ މަސައްކަތް ކުރާނަމެވެ. އަޅުގަނޑުމެނަށް ކުރިމަތިވެގެން މިއުޅެނީ އަޅުގަޑުމެންގެ މާދަރީ ބަހައް ކުރިމަތިވެގެން އުޅޭ ހަނގުރާމައެކެވެ. …

އިތުރަށް ކިޔާލުމަށް

ދަތުރު ނާމާ – އުތީމުދަތުރުގެ ހަނދާން

ލިޔުނީ: އަޙްމަދު އިނާޒް ފަތިހުގެ ފިނިކަން ހަށިގަނޑު ތެންމަމުން ހީގަންނަވަމުން ދިޔަ ނަމަވެސް އަހަރެން ( އަހުމަދު އިނާޒް ) އަހަރެންގެ ރައްޓެހިން ދަތުރަކު ދިއުމަށްޓަކައި ގަޑިއަށް ބަދަރު ސަރަހައްދަށް ގެންދިއުމަށް އެއްގޭ ދޮރުން އަނެއްގޭ ދޮރަށް ބޯދެމުން ގޮވަމުން ދިޔައީމެވެ. ފަހަރަކު މީހަކު ނިދިން ހޭލައްވާ ބޭނުންވާ ސާމާނު ހިފައިގެން ބަނދަރަށް ދިއުމަށް އަންގަމުން ދިޔައީމެވެ. ހުރިހާ އެންމެން ހަމަވުމުން ރ، ވާދޫއިން ހއ ގައި އޮންނަ އާސާރީގޮތުން މަސްހޫރު ރަށެއް ކަމުގައިވާ އުތީމަށް ދިއުމަށް ”އޮޅުވާލި“ ލާންޗްގެ ކައްޕީގެ ކުޅަދާނަ ކަމާއެކު …

އިތުރަށް ކިޔާލުމަށް

ކަރަންފުލުގެ ފައިދާތައް

ލިޔުނީ: ހިދާޔާ ހަމީދު ކަރަންފުލައަކީ ހަވާދުގެ ބާވަތެއްގެ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ގިނައިން ބޭނުންކުރާ އެއްޗެކެވެ. ރަހަ މީރުކަމުގެ އިތުރުން، ކަރަންފުލުގައި އިންސާނާގެ ސިއްހަތަށް ލިބިދޭ ގިނަ ފައިދާތަކެއް އެކުލެވިގެންވެއެވެ. ކަރަންފޫގެ މުހިންމު ފައިދާތައް: އެންޓިއޮކްސިޑެންޓް ގިނައިން އެކުލެވުން: ކަރަންފޫގައި އެންޓިއޮކްސިޑެންޓްތައް ގިނަ އަދަދަކަށް ހުރެއެވެ. އެންޓިއޮކްސިޑެންޓްތަކަކީ ހަށިގަނޑަށް ގެއްލުންދެނިވި ’ފްރީ ރެޑިކަލްސް‘ އާ ދެކޮޅަށް މަސައްކަތްކޮށް، ސެލްތައް ހަލާކުވިޔަ ނުދިނުމަށް އެހީތެރިވެދޭ މާއްދާތަކެކެވެ. މިއީ ދިފާޢީ ބާރު ގަދަކުރުމަށާއި ބަލިތަކުން ދުރުކޮށްދިނުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. އިންފްލެމޭޝަން …

އިތުރަށް ކިޔާލުމަށް

ފުރިހަމަ ސިއްހަތެއްގަ ހުރުމަށްޓަކައި…

ލިޔުނީ: އަލްޔާ އަޙްމަދު އަރީފް، ގްރޭޑް 9 އަޅުގަނޑުމެންގެ ހަށިގަނޑަކީ ވަރަށް އަގުބޮޑު ނިޢުމަތެކެވެ. އެހެންކަމުން، މި ނިޢުމަތް ދެއްވި ފަރާތަށް ޝުކުރުވެރިވުމުގެ ގޮތުން، ރަނގަޅު ސިތްހަތެއް ދެމެހެއްތުމަށްތަކައި ސަމާލުކަން ދޭންޖެހެޔެވެ. ނަމަވެސް އަޅުގަނޑުމެންނަށް ގިނަ ފަހަރަށް ސިއްހަތަށް ވަރަށް ބޮޑަށް  އިހުމާލުވެވެއެވެ. އެހެންކަމުން، މި ލިޔުމުގައި އަލި އަޅުވާލާނީ، ފުރިހަމަ ސިއްހަތެއް ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ ކަންކަމުގެ މައްޗަށެވެ. ފުރިހަމަ ސިއްހަތެއް ދެމެހެއްޓުމަށްޓަކައި، ސިއްހަތަށް ފައިދާހުރި ކާނާ ކާން ޖެހެޔެވެ. ގިނަގިނައިން މޭވާ ،ތަރުކާރި އަދި މަސްފަދަ ޕްރޮޓީންސް ހުންނަ ކާނާ ކާށެވެ. ހަކުރު، …

އިތުރަށް ކިޔާލުމަށް

ތާޖުމަހަލް

ލިޔުނީ: އަންސް ބިން މުޙައްމަދު އަަރީފް، ގްރޭޑް 5 ތާޖުމަހަލް އަކީ ސާހުޖަހާން މުމްތާޒް މަހަލް ގެ ހަނދާނުގައި ބިނާކުރެއްވި ލާމަސީލް ބިނާއެކެވެ. މި ލާމަސީލް ބިނާ އިމާރާތް ކުރުމަށް 22 އަހަރު ހޭދަވިއެވެ. އަދި މިތަން ހެދުމުގައި ވިހިހާސް މަސައްކަތު މީހުންނާއި 1000 އެތް ބޭނުންކުރެވުނެވެ. މި ފުރިހަމަ ބިނާ ފަރުމާކޮށްފައިވަނީ އިރާންގެ އާކިޓެކްޓެއް ކަމުގައިވާ އިސްތާފް ޔޫސާއެވެ. ތާޖުމަހަލްގެ އެއްމެ އަޖާއިބު ކުރަނިވި އެންމެ ފުރިހަމަ އެއްތަނަކީ މުމްތާޒް މަހަލް ބެހެއްޓިފައިވާ ކޮޓަރިކޮޅެވެ. މި ކޮޓަރިކޮޅުގެ ބިތްތައް ހަދާފައިވަނީ ސަންގުމަރުމަރު ހުދު …

އިތުރަށް ކިޔާލުމަށް

ވަގުތު ފާއިތުވުމުގެ ކުރިން

ލިޔުނީ: އީވާ އަޙްމަދު ރަޝީދު ދުނިޔެ އަކީ ވަގުތީ ތަނެކެވެ. ހިތައް އެރިހައި ގޮތަކަށް އުޅެމުންދަނީ ބިރެއް ފިކުރެއް ނެތިއެވެ. މަރުވާނެކަންވެސް ގިނަފަހަކަރު ހަނދާނަކު ނުހުރެއެވެ. ދުނިޔެވީ ހަޔާތައް ނިމުމެއް އައިސް، ދެން ފެށޭ ހަޔާތް ބާއްޖަވެރިކުރުމަށް މަސައްކަތްކުރަނީ މަދުބައެކެވެ. މިއަދު މިއީ ދުނިޔޭގެ ހާލަތެވެ! އިންސާނުންގެ ނިކަމެތިކަން ހާމަވާ ކަމެކެވެ. ދުނިޔޭގައި އަޅުގަނޑުމެންނަށް ދިރިއުޅުމަށް ލިބިފައިވި މަދު ދުވަސްކޮޅުގެ ބޭނުން ހެޔޮގޮތުގައި ހިފަންޖެހެއެވެ. ކުށެއް ނުވަތަ ގޯސްކަމެއް ކުރެވިދާނެއެވެ. އެއީ އިންސާނަކަށްވީތީ ކޮންމެ މީހަކަށްވެސް ކުރެވޭ ކަންކަމެވެ. ނަމަވެސް އޭގެތެރެއިންވެސް އެންމެ ރަނގަޅު …

އިތުރަށް ކިޔާލުމަށް

މިޔަރު

ލިޔުނީ: އާލިން އަޙްމަދު އަރުޝަދު، ގްރޭޑް 3 ދުނިޔޭގެ އެކި ކަނޑުތަކުގައި މިޔަރު ދިރިއުޅެއެވެ. ގިނަފަހަރު އިންސާނުން އަނިޔާނުކުރާނަމަ މިޔަރުގެ ހަމަލާތައް އިންސާނުންނަށް ނުލިބޭނެއެވެ. އިންސާނުންގެ ބޭނުމަށް މިޔަރު ހިފާހަދައެވެ. އެއީ މިޔަރުގެ އުރަހައިގެ ބޭނުމުގަޔާއި، ދަތާއި މަހުގެ ބޭނުމުގައި އަދި ހަންގަނޑުގެ ބޭނުމުގައެވެ. ދިރާސާތަކުން ދައްކާގޮތުގައި 465 ބާވަތެއްގެ މިޔަރު ދުނިޔޭގައި އުޅެއެވެ.  މިޔަރަކީ ވަރަށް ވިސްނުން ތޫނު ޖަނަވާރެކެވެ. އަދި ހަމަ އެގޮތުން މަޖާކޮށް ސަކަރާތް ޖަހާ ޖަނަވާރެކެވެ. މިގޮތަށް އުޅެނިކޮށް ހަމަލާއެއް ދީފިނަމަ އެހަމަލާ ދިން އެއްޗަކަށް މިޔަރު ހަމަލާދެއެވެ. …

އިތުރަށް ކިޔާލުމަށް

ދިވެހިރާއްޖޭގެ ސްކޫލުތަކުގައި ފަށާ ތައުލީމު އުނގައްނައިދޭން ބޮޑަށް ރަނގަޅީ ދިވެހިބަހުން ހެއްޔެވެ؟ ނުވަތަ ބޭރުގެ ބަހަކުންހެއްޔެވެ؟

ލިޔުނީ: ލަޔާން އިބްރާހީމް، ގްރޭޑް 10 އިންސާނާގެ ހިތާއި ސިކުނޑިއަށް ވާސިލްވެވޭނެ އެންމެ ކުރުމަގަކީ އެބައެއްގެ މާދަރީ ބަހެވެ. އެއީ އެންމެ ފުރަތަމަ ދަސްކުރާ ބަހަށް ވާތީއެވެ. މިހާރު ސްކޫލުތަކުގެ ފަށާ ތައުލީމު މަރުހަލާގައި ދިވެހި އިސްލާމް ފިޔަވާ ދެން ހުރި މާއްދާތައް ކިޔަވައިދެވެނީ ބޭރު ބަސްބަހުންނެވެ. މީގެ ސަބަބުން ކުދިންނަށް ދޭހަވުމާއި އެހީތެރިކަން ފޯރުވުމުގައި ބެލެނިވެރިންނަށްވެސް ދަތިތަކާއި ކުރިމަތިލާންޖެހެއެވެ. އެހެން ކަމުން ދިވެހިރާއްޖޭގެ ސްކޫލުތަކުގައި ބޭރުބަހަށްވުރެ ދިވެހިންގެ އަމިއްލަބަހުން ކިޔަވައިދިނުމަކީ އެންމެ އެދެވިގެންވާ ގޮތެވެ. ދިވެހިރާއްޖޭގެ ސްކޫލުތަކުގައި ބޭރުބަހެއްގެ ބަދަލުގައި ދިވެހިބަހުން އުނގައްނައިދެވޭނަމަ …

އިތުރަށް ކިޔާލުމަށް

ނަންރީތިމާ – ދޫކޮށްލާވަރުގެމަލެއްނޫން

ލިޔުނީ: އިބްރާހީމް ޝަހީމް ނަންރީތި މާ ނުވަތަ ބަޓަފްލައި ޕީ މަލަކީ، ރީތިކަމާއި، ހިތްގައިމުކަމާއި، ސިއްހީ ގިނަ ފައިދާތަކެއް އެކުލެވޭ މަލެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ހާއްސަކޮށް ދެކުނު އޭޝިޔާގައި މި މަލަކީ ވަރަށް މަގުބޫލު މަލެކެވެ. މިހާރު ރާއްޖޭގެވެސް ގިނަ ރަށްރަށުގެ ގޭގޭ ގެ ބަގީޗާތަކުގައި މީގެ މާގަސްތައް ވަރަށް ގިނައިން ފެނެއެވެ. މި މަލުގެ ފައިދާ އެނގި ގިނަ ބަޔަކު މިހާރު މި މަލުގެ ބޭނުން ދަނީ ކުރަމުންނެވެ. އެންޓި އޮކްސިޑެންޓްސް ގިނަވުންބަޓަފްލައި ޕީ މަލުގައި އެންޓި އޮކްސިޑެންޓްސް ވަރަށް ގިނަ …

އިތުރަށް ކިޔާލުމަށް

ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ކުރެވިދާނެ ކަންކަން  

ލިޔުނީ: މައިރީން ޙުސައިން މާހިރު، ގްރޭޑް 5 ދުޅަހެޔޮ ސިއްހަތެއްގައި ދިރިއުޅުމަކީ ވަރަށް މުހިންމު ކަމެކެވެ. ޚާއްސަކޮށް ތިކުދިން ފަދަ ކުޑަކުދިންނަށް، ދުޅަހެޔޮކޮށް އުޅުމަކީ ބަލިވުމުން ރައްކާތެރިވެ، ކިޔެވުމުގައިވެސް ކުރިއެރުން ލިބި، ކުޅިވަރު ކުޅޭއިރުވެސް ވަރުގަދަވެގެން އުޅެވޭނެ ކަމެކެވެ. ހަށިގަނޑު ސަލާމަތްކޮށް ހުރުމުން ކޮންމެ ދުވަހަކުވެސް އުފަލުގައި މަސައްކަތްކޮށް، ކިޔަވައި، ކުޅެވޭނެއެވެ.  ދުޅަހެޔޮ ސިއްހަތަކަށް އެންމެ މުހިންމީ ރަނގަޅު ކާނާ ކެއުމެވެ. ކޮންމެ ދުވަހަކު ތަރުކާރީ އާއި މޭވާ ގިނައިން ބޭނުންކުރުމާއިއެކު ބަތާއި ރޮށި، މަސް، ކިރު ފަދަ ކާނާވެސް ހަށިގަނޑަށް ބޭނުންވާ ވަރަށް …

އިތުރަށް ކިޔާލުމަށް