ލިޔުނީ: އަލްޔާ އަޙްމަދު އަރީފް، ގްރޭޑް 9

އަޅުގަނޑުމެންގެ ހަށިގަނޑަކީ ވަރަށް އަގުބޮޑު ނިޢުމަތެކެވެ. އެހެންކަމުން، މި ނިޢުމަތް ދެއްވި ފަރާތަށް ޝުކުރުވެރިވުމުގެ ގޮތުން، ރަނގަޅު ސިތްހަތެއް ދެމެހެއްތުމަށްތަކައި ސަމާލުކަން ދޭންޖެހެޔެވެ. ނަމަވެސް އަޅުގަނޑުމެންނަށް ގިނަ ފަހަރަށް ސިއްހަތަށް ވަރަށް ބޮޑަށް އިހުމާލުވެވެއެވެ. އެހެންކަމުން، މި ލިޔުމުގައި އަލި އަޅުވާލާނީ، ފުރިހަމަ ސިއްހަތެއް ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ ކަންކަމުގެ މައްޗަށެވެ.
ފުރިހަމަ ސިއްހަތެއް ދެމެހެއްޓުމަށްޓަކައި، ސިއްހަތަށް ފައިދާހުރި ކާނާ ކާން ޖެހެޔެވެ. ގިނަގިނައިން މޭވާ ،ތަރުކާރި އަދި މަސްފަދަ ޕްރޮޓީންސް ހުންނަ ކާނާ ކާށެވެ. ހަކުރު، ތެޔޮ، އަދި ސިއްހަތަށް ގެއްލުނއކުރާ އެހެނިހެން މާއްދާ ތައް އަޅާފަ ހުންނަ ’ޖަންކް ފުޑްސް‘ އަދި ބުއިންތަކާ ދުރުހެލިވާށެވެ. މީގެ އިތުރުން، ބަނޑުގެ ތިން ބައިކޮޅު އެއްބަޔަށް ވުރެ ގިނައިން ނުކާށެވެ. ހަމަ އެއާއެކު، ގަވާއިދުން ކެއުމަށާއި, ސްނެކް ކުރުން މަދުކުރުމށް ސަމާލުކަންދޭށެވެ. އިސްވެ ދެންނެވުނު ގޮތަށް ކެއުން ބަށްޓަން ކޮށްފި ނަމަ، ފުރިހަމަ ސއްހަތެއް ދެމެހެއްޓޭނެކަން އެއްވެސް ޝައްކެއް ނެތެވެ.
ފުރިހަމަ ސއްހަތެއް ދެމެހެއްޓުމަށްޓަކައި، ސާފުތާހިރުކަމަށް ސަމާލުކަންދޭންޖެހެއެވެ. ކެއުމުގެ ކުރިންނާއި ފަހުންނާއި، ފާޚަނަ ބޭނުން ކުރުމުގެ ފަހުންނާއި، ކެއްސާ ކިނބިހި އެޅުމުގެ ފަހުން، އަތްދޮވުމަށް އާދަކުރާށެވެ. އަދި އަތް ދޮންނަ އިރު، ރަނގަޅަށް ސައިބޯނި ލައިގެން އަތް ދޮންނާށެވެ. އަދި ހަމަ އެއާއެކު، ވަށައިގެންވާ މާހައުލު ސާފުތާހިރުކޮށް ބެހެއްޓުމުގެ ގޮތުން، ގިނަގިނައިން އުޅޭތަން ކުނިކަހާ، ފަންކާ ފަދަ އެއްޗެހި ފުހެ، ބާލިސްއުރަ ފަދަ ތަކެތި ވެސް މަދުވެގެން ހަފްތާއަކު އެއްފަހަރު ބަދަލު ކުރާށެވެ. މަތީގައި ދެންނެވުނު ކަންކަމަކީ ފުރިހަމަ ސިއްހަތެއް ދެމެހެއްޓުމަށްޓަކައި ކުރުން ވަރަށް މުހިންމު ކަންކަމެވެ.
ފުރިހަމަ ސއްހަތެއް ދެމެހެއްޓުމަށްޓަކައި މޯބައިލް ފޯނު ފަދަ ވަސޭލަތްތަށް ބޭނުން ކުރާ ވަގުތު މަދު ކުރަން ޖެހެއެވެ. ފޯނާއި ޓެބްލެޓް އަދި ކޮމްޕިއުޓަރުފަދަ ޑިޖިތަލް ވަސީލަތްތަށް ދުވާލަކު 2 ގަޑި އިރަށްވުރެ ގިނައިން ބޭނުންނުކުރާށެވެ. މީގެ އިތުރުން އެފަދަ ވަސޭލަތްތަށް ބޭނުންކުރާނެ ވަކި ވަގުތުތަކެއް ކަނޑައަޅައި، އެނޫން ވަގުތުތަކުގައި އެތަކެއްޗާ ދުރުހެލިވާށެވެ. އިސްވެ ދެންނެވުނު ގޮތަށް ކެއުން ބަށްޓަން ކޮށްފި ނަމަ، ފުރިހަމަ ސއްހަތެއް ދެމެހެއްޓޭނެކަން އެއްވެސް ޝައްކެއް ނެތެވެ.
އުފާވެރި ދިރިއުޅުމެއް އުޅުމަށްތަކައި ތިމާގެ ސިތްހަތަށް ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހެޔެވެ. އެ ގޮތުން ސިއްހަތަށް ފައިދާހުރި ކާނާ ކާން ޖެހެޔެވެ. ސާފުތާހިރުކަމަށް ސަމާލުކަންދީ މޯބައިލް ފޯނު ފަދަ ވަސޭލަތްތަށް ބޭނުން ކުރާ ވަގުތު މަދު ކުރަން ޖެހެއެވެ.
Faanooz Vaadhoo School