ވާހަކަ – ޖާދުގެ ބޮއްކުރާ

ލިޔުނީ: އަޔާމް އިބްރާހީމް / ގްރޭޑް 6

ރީޒާން އެއްދުވަހަކު ހިނގާލަން ގޮސް ގޮނޑުދޮށަށް ދިޔައެވެ. ރީޒާން އަށް މިފެންނަނީ ވަރަށް ރީތި ބޮއްކުރައެކެވެ. ރީޒާން އެ ބޮއްކުރައަށް އަރާހިތުން އެރިއެވެ. ރީޒާން އަށް ފެންނަނީ ފަލިތަކެކެވެ. ރީޒާން ފަލިޖަހާލިތަނާ ބޮއްކުރާ އުދުހިގަތެކެވެ. ރީޒާން ހައިރާންވިއެވެ. ބިރުވެސް ގަތެވެ. ރީޒާން ފަހުން ހަމަޖެހުނެވެ.

ބޮއްކުރާ އުދުހިގެން ގޮސް ވަރަށް ރީތި ގަސްތަކެއް ލައިފައި އޮތް ރަށަކަށް ޖެއްސިއެވެ. ރީޒާން ބޮއްކުރައިން ފޭބިއެވެ. ރީޒާން އެރަށުގައި ހިނގާލަނިކޮށް މި ފެންނަނީ ކުދިންތަކެއް ރީތި ފާކެއްގައި ކުޅޭތަނެވެ. ރީޒާން އެ ޕާކަށް ގޮސް އެކުދިންނާއެކީ ކުޅުނެވެ. ރީޒާން އަށް އާ ރަހުމަތްތެރިން ލިބުނެވެ. ރީޒާން އެ ރަހުމަތްތެރިންނާ އެކީ ހިނގާލަން ގޮސް މަޖާކުރިއެވެ. ދެން ރީޒާން ދިޔައީ ރީތި މާ އަޅާ ބަޤީޗާއަކަށަވެ. ރީތި އެކި ކުލައިގެ މާތަށް ފެނުނެވެ. އޭގެ ފަހުން ރީޒާން ދިޔައީ އެތަނުން އެކުވެރިއެއްގެ ގެއަށެވެ. ގެއަށް ގޮސް ކާން އެރިއެވެ. ކާން ހުރީ ވަރަށް މީރު އެއްޗެއްސެވެ. ރީޒާން ދުވަހަކުވެސް އެހާމީރު އެއްޗެއްސެއް ނުކަމެވެ. ރީޒާން އެކުވެރިޔާ ގާތު ބުންޏެވެ. ތިމަންނަ ދަނީއެވެ. ރީޒާން ބޮއްކުރައަށް އެރިއެވެ. އަރައި ފަލިޖަހާލުމާއެކު އަނެއްކާވެސް ބޮއްކުރާ އުދިހިގަތެވެ.  ދެން އައީ ރީޒާން ގެ ރަށަށެވެ. ރީޒާން ފައިބަން އުޅެނިކޮށް އޭނާ ވެއްޓުނެވެ. ރީޒާން ވެއްޓުމާއި އެކު ހޭލެވުނެވެ.  ހޭލެވުން އިރު ރީޒާން އޮތީ  އެނދުން ވެއްޓިފައެވެ. ރީޒާން އަށް ވިސްނުނީ މިއީ ހުވަފެނެއް ކެމެވެ. ރީޒާން ގާތަށް ހިނިއައެވެ.

Check Also

ވާހަކަ – ލީނާގެ ދިރިއުޅުން

ރިޔާޝާ މުޙައްމަދު ނަޖީބް / ގްރޭޑް 6 ލީނާއަކީ ވަރަށް ނިކަމެތި ކުއްޖެކެވެ. އެހެން ނަމަވެސް ލީނާއަކީ މީހުންނަށް އިޙްތިރާމް …

Leave a Reply

Your email address will not be published. Required fields are marked *