ދީން

ކީރިތި ޤުރުއާން ކިޔެވުމުގެ މުހިއްމުކަން

ލިޔުނީ: ފާޠިމަތު ޤާސިމް ޤުރުއާނަކީ ﷲ ގެ ބަސްފުޅެވެ. އަޅުތަކުން އުޅެންވީ ގޮތުގެ އިލާހީ ޤާނޫނެވެ. ޤުރުއާން ކިޔެވުމަކީ އަޅުކަމެކެވެ. އަދި ކިޔަވައިދިނުމަކީވެސް އަޅުކަމެކެވެ. ޤުރުއާނުގެ ޢިލްމަކީ އިންސާނާގެ ދެދުނިޔެ ބާއްޖަވެރިކޮށްދޭ އިލްމެއް ކަމާއި މެދު ޝައްކެއްވެސް ނެތެވެ. މީސްތަކުންގެ ތެރެއިން، ހިތުގައި ކީރިތި ޤުރުއާނުގެ މިންވަރެއް ނުވާ މީހާގެ މިސާލަކީ ހުސް ގެއެއްގެ މިސާލެވެ.  އެ ގެއަކީ ޝައިތާނާއަށް ފަސޭހަކަމާއެކީ ވަދެވޭނެ ގެއެކެވެ. އެ ގެއެއްގައި ކީރިތި ޤުރުއާން ކިޔެވުމަކީ އެގެއްގެ މާހައުލު ރަނގަޅުވުމުގެ އިތުރުން ލިބޭ ނިޢުމަތްތަކާއި ބަރަކާތް އިތުރުވެގެންދާކަމެކެވެ. އެގެއެއްގައި …

Read More »

ޤުރްއާނަކީ މުޢުޖިޒާތެކެވެ.

ލިޔުނީ: އައިމިނަތު މަޖްދާ ކީރިތި ޤުރްއާނަކީ މާތް ﷲ ޞުބްހާނަހޫ ވަތަޢާލާ ކިޔެވުން އަޅުކަމެއް ކަމުގައި ލައްވައި މި އުއްމަތަށް ކައު ކުރެއްވި ސާޙިބާ މުޙައްމަދު صَلَّى ٱللّٰهُ عَلَيْهِ وَسَلَّمَ އަށް ލައުޙުލް މަޙްފޫޒުން ބައިތުލް ޢިއްޒާއަށް އަދި ބައިތުލް ޢިއްޒާއިން ދުނިޔޭގެ ބިމަށް ފޮނުއްވާފައިވާ އެކަލާނގެ ކަލާމްފުޅެވެ. މި ފޮތަކީ އެފޮތަކާއިމެދު ދެބަސް ވެވެން ނެތް ފޮތެކެވެ. މި ފޮތުން އަހަރެމެން ތަފާތު މައްސަލަތަކަށް ޙުކުމް ނެރެވެއެވެ. ހަމަ އެހެންމެ މި ފޮތަކީ ބާއްވައިލެއްވުނީއްސުރެ ޤިޔާމަތާއި ހަމައަށްދަންދެން ރައްކާތެރި ކުރެވިގެންވާ ހަމައެކަނި …

Read More »

ދީނުގެ ބަސްފުޅު

ލިޔުނީ: މުޙައްމަދު އީތާން / ގްރޭޑް 5 ދީނަކީ އިންސާނީ ދިރިއުޅުމުގެ ރޫޙާނީ ބަޔަށް ބޭނުންވާ ހިތްހަމަޖެހުމާއި، ދިރިއުޅުމުގެ މަޤްސަދު ހޯދައިދޭ އެއްޗެކެވެ. އެކި މުޖުތަމަޢުތަކުގައި ދީނުގެ ހިޔާލު ތަފާތު ނަމަވެސް، އިންސާނާގެ ތަބީޢަތުގައި ހިމެނޭ ރޫޙާނީ ބައިގެ ހިތްހަމަޖެހުމަށްޓަކައި ދީނުގެ ބޭނުންތެރިކަން ފާހަގަވެއެވެ. އަޅުގަނޑުމެން މުސްލިމުންނަށް ލިބިގެންވާ އެންމެ ބޮޑު ނިޢުމަތަކީ އިސްލާމްދީނެވެ. މާތް ﷲ އިންސާނިއްޔަތަށް ބާވައިލެއްވި މި ފުރިހަމަ ދީނުގައި ދިރިއުޅުމުގެ ކޮންމެ ކަމަކަށް ވަރަށް ސާފު ހަމަތަކާއި އުޞޫލުތައް ބަޔާންކޮށްދެއްވާފައިވެއެވެ. ތަޢުޙީދުގެ އަސާސްތަކަށް ބާރުއަޅާ މި ދީނަށް ކިޔަމަންގަތުމުން، …

Read More »