ދީނުގެ ބަސްފުޅު

ލިޔުނީ: މުޙައްމަދު އީތާން / ގްރޭޑް 5

ދީނަކީ އިންސާނީ ދިރިއުޅުމުގެ ރޫޙާނީ ބަޔަށް ބޭނުންވާ ހިތްހަމަޖެހުމާއި، ދިރިއުޅުމުގެ މަޤްސަދު ހޯދައިދޭ އެއްޗެކެވެ. އެކި މުޖުތަމަޢުތަކުގައި ދީނުގެ ހިޔާލު ތަފާތު ނަމަވެސް، އިންސާނާގެ ތަބީޢަތުގައި ހިމެނޭ ރޫޙާނީ ބައިގެ ހިތްހަމަޖެހުމަށްޓަކައި ދީނުގެ ބޭނުންތެރިކަން ފާހަގަވެއެވެ. އަޅުގަނޑުމެން މުސްލިމުންނަށް ލިބިގެންވާ އެންމެ ބޮޑު ނިޢުމަތަކީ އިސްލާމްދީނެވެ. މާތް ﷲ އިންސާނިއްޔަތަށް ބާވައިލެއްވި މި ފުރިހަމަ ދީނުގައި ދިރިއުޅުމުގެ ކޮންމެ ކަމަކަށް ވަރަށް ސާފު ހަމަތަކާއި އުޞޫލުތައް ބަޔާންކޮށްދެއްވާފައިވެއެވެ. ތަޢުޙީދުގެ އަސާސްތަކަށް ބާރުއަޅާ މި ދީނަށް ކިޔަމަންގަތުމުން، އިންސާނާއަށް ދުނިޔެއާއި އާހިރަތުގެ ބާއްޖަވެރިކަން ލިބިގެންދެއެވެ. ދީނުގެ ސަބަބުން އިންސާނާގެ އަޙްލާޤް ރަނގަޅުވެއެވެ.  ތަޤުވާވެރިކަން، އަމާނާތްތެރިކަން، އަދި ރަޙްމުކުރުން ފަދަ މާތް ސިފަތަކުން ޒީނަތްތެރިވެއެވެ. އަދި ދީން ހިފަހައްޓާ މީހާއަށް ނަފްސާނީ ހަމަޖެހުމާއި ދިރިއުޅުމުގެ ގޮންޖެހުންތަކާއި ކުރިމަތިލުމަށް ހިތްވަރުލިބިގެން ދެއެވެ. މީގެ އިތުރުން ދީނުގެ ސަބަބުން އާއިލީ ގުޅުންތައް ވަރުގަދަވެ މުޖުތަމައު އެއްބައިވަންތަވެ އަމާންކަން ގާއިމުވެއެވެ.

Check Also

ކީރިތި ޤުރުއާން ކިޔެވުމުގެ މުހިއްމުކަން

ލިޔުނީ: ފާޠިމަތު ޤާސިމް ޤުރުއާނަކީ ﷲ ގެ ބަސްފުޅެވެ. އަޅުތަކުން އުޅެންވީ ގޮތުގެ އިލާހީ ޤާނޫނެވެ. ޤުރުއާން ކިޔެވުމަކީ އަޅުކަމެކެވެ. …

Leave a Reply

Your email address will not be published. Required fields are marked *