މިޔަރު

ލިޔުނީ: އާލިން އަޙްމަދު އަރުޝަދު، ގްރޭޑް 3

ދުނިޔޭގެ އެކި ކަނޑުތަކުގައި މިޔަރު ދިރިއުޅެއެވެ. ގިނަފަހަރު އިންސާނުން އަނިޔާނުކުރާނަމަ މިޔަރުގެ ހަމަލާތައް އިންސާނުންނަށް ނުލިބޭނެއެވެ. އިންސާނުންގެ ބޭނުމަށް މިޔަރު ހިފާހަދައެވެ. އެއީ މިޔަރުގެ އުރަހައިގެ ބޭނުމުގަޔާއި، ދަތާއި މަހުގެ ބޭނުމުގައި އަދި ހަންގަނޑުގެ ބޭނުމުގައެވެ. ދިރާސާތަކުން ދައްކާގޮތުގައި 465 ބާވަތެއްގެ މިޔަރު ދުނިޔޭގައި އުޅެއެވެ.  މިޔަރަކީ ވަރަށް ވިސްނުން ތޫނު ޖަނަވާރެކެވެ. އަދި ހަމަ އެގޮތުން މަޖާކޮށް ސަކަރާތް ޖަހާ ޖަނަވާރެކެވެ. މިގޮތަށް އުޅެނިކޮށް ހަމަލާއެއް ދީފިނަމަ އެހަމަލާ ދިން އެއްޗަކަށް މިޔަރު ހަމަލާދެއެވެ.

ބައެއް މިޔަރު ނިދަނީ ކޯމަސް ނިދާގޮތަށެވެ. އެއީ ސިކުނޑީގެ އެއްބައި އޮންނަނީ ހޭލާފައެވެ. ދެން އަނެއްބައި އޮންނަނީ ނިދާފައެވެ. މިޔަރުގެ އުރަހަތައް ބޭނުންކޮށްގެން މިޔަރު ފަތައެވެ. މިޔަރުގެ ބުރަކަށި ބޭނުންކޮށްގެން ފަތާއިރު ސިކުނޑިއަށް އަރާމުވެއެވެ. ބައެއް މިޔަރު އަޑީގައި އޮވެގެން ލޯހުޅުވާފައި ހަރަކާތްކުރެއެވެ.

ހެމާހެޑް މިޔަރު ކިޔާ މިޔަރެއް  އުޅެއެވެ. މިވައްތަރުގެ މިޔަރުގެ ދިގުމިނުގައި 20-30 ފޫޓު ހުރެއެވެ. އަދި ބަރުދަނުގައި 450 ކިލޯ ހުރެއެވެ. މިވައްތަރުގެ މިޔަރު ތަފާތުވަނީ މި މިޔަރުގެ ބޯ މަރުތެޔޮލެއްހެން އިންނާތީއެވެ. މި މިޔަރުގެ ލޮލުގެ ބާރުގަދަކަމުން ވަރަށް ދުރު ފެނެއެވެ. ނޭފަތުން ދުރުގައި ހުންނަ އެއްޗެހީގެ ވަސްބަލަން ފަސޭހަވުމުން ކާއެއްޗެހި ހޯދަން ފަސޭހައެވެ. ބައެއް ހެމާހެޑް މިޔަރު ހުންނަނީ އަޅި ނުވަތަ މުށި ކުލައެއްގައެވެ. އަދި ބަނޑުދަށުގައި ހުންނަނީ ހުދުކުލައެވެ. މި މިޔަރުގައި ވަރަށް ތޫނު ދަތްތަކެއް ހުރެއެވެ. މިޔަރުގެ ކާނާގެ ގޮތުގައި ބޮޑެތި މަސް، ބޯވާ ދިލަމަހާއި، ކަކުނި، ކުދި މިޔަރު، އަދި އެންމެ ގަޔާވާ އެއްޗަކީ މަޑިއެވެ. މިޔަރު އުޅެނީ ހޫނު ނޫން ފިނި ސަރަހައްދުތަކުގައެވެ.

ކިޔާލަން

އަޅުގަނޑުމެންގެ މާދަރީބަސް ނެތިދާން ދޫކޮށްލަނީތޯއެ؟

ލިޔުނީ: ހާމިދު ވަހީދު، ލީޑިންގ ޓީޗަރ އަޅުގަނޑުމެން ކުޑައިރު ދުނިޔޭގެ އެކި ގައުމުތަކުން އެއް ގައުމުން އަނެއް ގައުމާއި ދެމެދު …

Leave a Reply

Your email address will not be published. Required fields are marked *