ގަބުޅި ބޯކިބާ ތައްޔާރުކުރާނެ ގޮތް

ލިޔުނީ : އިޒްޙާން ޢަބްދުލްމަތީން / ގްރޭޑް 10

ބޭނުންވާ ތަކެތި:

  1. 3 ގަބުޅި (ރަނގަޅީ ޅަ ގަބުޅި)
  2. 1 ދަޅު ގެރިކިރު
  3. 2 ކުކުޅުބިސް
  4. ½ ލާހި ހަކުރު
  5. 1 ލާހި ފުއް
  6. ¼ ސައި ސަމުސާ އެސެންސު (ރަނގަޅީ ވެނީލާ އެސެންސު)
  7. ގަބުޅި ފެން

ތައްޔާރުކުރާނެ ގޮތް:

  • ގަބުޅިތައް ހެހި، ބިނުމަށްފަހު ގާނާލާށެވެ.
  • އެއަށްފަހު ބޮޑު ބޯ ތައްޓަކަށް 2 ކުކުޅު ބިސް ތެޅުމަށްފަހު ލާށެވެ.
  • އަދި އެއަށް ހަކުރު ކޮޅު އަޅާލުމަށްފަހު ހަކުރުކޮޅު ވިރެންދެން ގިރާށެވެ.
  • ހަކުރުކޮޅު ރަނގަޅަށް ގިރުމުން އޭގެތެރެއަށް ގެރިކިރު ދަޅު އަޅައި އަނެއްކާވެސް ރަނގަޅަށް ގިރާލާށެވެ.
  • އެއަށްފަހު ގަބުޅިކޮޅު އަޅައި ރަނގަޅަށް އެއްކޮށްލާށެވެ.
  • ދެން ފުށްކޮޅު އަޅައި އަނެއްކާވެސް އެއްކޮށްލާށެވެ.
  • މިހާރު ގަބުޅި ބޯކިބާ ފުށްގަނޑު ހުންނަންވާނީ ތަންކޮޅެއް އޮލަ/ހިކި ކޮނެވެ.
  • އެހެންވެ އޮލަމިން ހެޔޮވަރު ކޮށްލުމަށް ގަބުޅި ފެންފޮދެއް އަޅާށެވެ. އޮލަމިން ބަހައްޓާނީ މާ އޮލަ ނޫން އަދި މާ ދިޔާ ނޫން މިންވަރަކަށެވެ.
  • ދެން އެސެންސު ކޮޅު އަޅައި ރަހަ ހެޔޮވަރު ތޯ ބަލާލާށެވެ.
  • އަދި ތަވާއެއްގައި ތެޔޮފޮދެއް ކާތާލުމަށްފަހު އެއަށް ފުށްގަނޑު އަޅާށެވެ.
  • އަދި ތަވާ އުނދުނަށް އުދައި މަޑު ގިނީގައި ބޯކިބާ ފިހަން ފަށާށެވެ.
  • ބޯކިބާގެ ދެފަރާތް ރަތްރޮށި ވަންދެން ބޯކިބައި ފުށުންޖަހައިގެން ފިހާށެވެ.
  • ދެފަރާތް ރަތްތޮށިވުމުން ބޯކިބާ އެހުރީ ތައްޔާރުވެފައެވެ.
  • ބޯކިބާ ކެވޭވަރަށް ހިހޫ ވުމުން ބިސްމި ކިޔައި ކާންފަށާށެވެ.

Check Also

ރާއްޖޭގެ ތިމާވެށި

ލިޔުނީ: އަލްޔާ އަޙްމަދު އަރީފް، ގްރޭޑް 9 ދިވެހިރާއްޖެއަކީ، މާތް ﷲގެ ކުޅަދުންވަންތަކަމުން ދުނިޔޭގައި އުފެދިފައިވާ އެންމެ ރީތި، ޤުދުރަތީ …

Leave a Reply

Your email address will not be published. Required fields are marked *