އޮންލައިން ގޭމުގެ ސަބަބުން ދަރިވަރުންނަށްކުރާ ނޭދެވޭ އަސަރު

ލިޔުނީ: އަލްސަން އިސްމާއިލް / ގްރޭޑް 5

ބަވަނަވަމުންމިދާ ދުނިޔެމިދަނީ ޓެކްނޮލޮޖީގެދާއިރާއިން ވަރަށްގިނަ ކުރިއެރުންތަކެއް ހޯދަމުންނެވެ. އެގޮތުން ޑިޖިޓަލް އެތައްވަސީލަތްތަކަކާއި އެތައް އެޕްލިކޭޝަންތަކެއް ވަނީ ތަޢާރަފްކޮށްފައެވެ. މިކޮންމެ ކަމެއްގައި މިއަދު އިސްވެ ހަރަކާތް ތެރިވަމުންދަނީ ހުޅަނގުގެ ޣައިރު މުސްލިމުންނާއި ޔަހޫދީންނެވެ.

ޔަހޫދީންގެ މައިގަނޑު އެއްބޭނުމަކީ މުޅިދުނިޔެއަށް އެމީހުންގެ ގޮތްތައްފެތުރުމެވެ. އޭގެތެރެއިން އެމީހުންދަނީ އަޅުގަނޑުމެންފަދަ ޅަދަރީންގެ ހިތްތައް އެމީހުންގެ މައްޗަށް އެނބުރުމަށް ޓެކްނޮލޮޖީގެ ވަސީލަތްތަކާއިއެކު އެތައް އޮންލައިން އަދި އޮފްލައިން ގޭމުތަކެއް ތަޢާރަފްކުރަމުންނެވެ. މިފަދަ ގޭމުތަކުގެ ސަބަބުން އަޅުގަނޑުމެންގެ މިޅައުމުރުގައި އަޑުއިވެން ނުޖެހޭ ބަސްތައް އަޑުއިވެއެވެ. ފެންނަންނުޖެހޭ ގޯސް މަންޒަރު ފެނެއެވެ. އެގޭމުތަކަށް އަޅުގަނޑުމެން ވަރަށް އަވަހަށް ދެވި ހިފައެވެ. އެކަމުގެ ސަބަބުން ސިއްހީ އެތައްގެއްލުމެއްވެސް ލިބެއެވެ. އެގޮތުން ލޯ ފުސްވެއެވެ. ލޮލުން ފެންއައިސް ލޯ ބަލިވެއެވެ. ނުނިދާ ގޭމުކުޅުމުން ނިދިމަދުވެ ބޮލުގައި ރިއްސައެވެ. ގޭމު ނުކުޅެވޭނަމަ ރުޅި ގަދަވެއެވެ.

ސިއްހީ މައްސަލަތަކުގެ އިތުރުން، ގޭމުކުޅުމުން ކިޔެވުމާއި މުޅިން ދުރަށްދެވެއެވެ. މަންމަމެންގެ ބަސްނާހާ މަކަރު ހަދަންވެސް ދަސްވެއެވެ.ސިއްރުން ކަންކަން ކުރުމާއި، ނުބައި އާދަތައް ދަސްވެއެވެ. ގޮތް ނޭގޭ އެތައް ބަޔަކާއި ދިމާވެ ނުބައި މީހުންނާއި އުމުރާ ނުގުޅޭ މީހުންނާއިއެކު ވަގުތު ހޭދަކުރެވެއެވެ. މީހުންނަށް އަނިޔާ ކުރުމާއި، މަލާމާތްކުރުމާއި، ދީނާ އަހަރެމެންގެ ރަށުގެ އާދަތަކާއި ދުރުކަންކަން ކުރަން ދަސްވެއެވެ.

ބުނެވުނު ސަބަބުތަކަށްޓަކައި ކާމިޔާބުކުއްޖަކަށްވުމަށް އެދޭނަމަ މިއަދު އޮންލައިން ގޭމްތަކާއި ދުރުވުން ވަރަށް މުހިއްމެވެ. އެއީ ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށެވެ. ވަގުތައް ނަމާދަށް ދިއުމުގެ އާދަ ހަރުލެއްވުމަށެވެ. ފިލާވަޅުތައް ވަގުތައް ނިންމުމަށެވެ. މަންމައާއި، ބައްފައާއި ދޮންތަމެންނާއިއެކު އުފަލުގައި ދުވަސްތައް ހޭދަކަޮށް މޮޅު އަދި ބޭނުންތެރިކުއްޖަކަށް ވުމަށްޓަކައެވެ.

Check Also

ރާއްޖޭގެ ތިމާވެށި

ލިޔުނީ: އަލްޔާ އަޙްމަދު އަރީފް، ގްރޭޑް 9 ދިވެހިރާއްޖެއަކީ، މާތް ﷲގެ ކުޅަދުންވަންތަކަމުން ދުނިޔޭގައި އުފެދިފައިވާ އެންމެ ރީތި، ޤުދުރަތީ …

Leave a Reply

Your email address will not be published. Required fields are marked *