ކަންނެލި

ލިޔުނީ : އަނަސް ބިން މުޙައްމަދު ޢަރީފް / ގްރޭޑް 5

ކަންނެއްޔަކީ ދިވެހި ރާއްޖޭގެ ގައުމީ މަހެވެ .މިއީ ލައްޓިއަށްވުރެ ބޮޑު އަދި ވަރުގަދަ ވައްތަރުގެ ލައްޓިއެކެވެ . މިހާރު ކަންނެއްޔަކީ  ދުނިޔެއިން ނެތިގެން ހިންގައިދާނެ ކަމުގެ ބިރު ބޮޑުވެފައިވާ  ދުނިޔޭގެ ކަނޑުތަކުގައި ވަރަށް މަދުވެފައިވާ އެއްޗެކެވެ.ކަންނެލި  އާއްމުކޮށް ބޮޑުވަނީ ގާތްގަނޑަކަށް  90-50 ސެންޓިމީޓަރާއި ދެމެދު 100-10 ކިލޯގްރާމް ހާވަރަށެވެ.

ދިވެހި މަސްވެރިން ބޮޑުކަންނެލީގެ މަސްވެރިކަން ކުރާތާ އެތައް އަހަރެއް ވެފައިވެއެވެ . އަދި މިކަމަކީ ދިވެހި އެތައް އާއިލާއެއްގެ އާމްދަނީ ލިބޭ ވަސީލަތެވެ.   

 ދިވެހިރާއްޖޭގައި ގަނޑުކޮށްފައި ހުރި ކަންނެލި ވިއްކަނީ ގާތްގަނޑަކަށް 2.27-1.80 ޑޮލަރަށް ކިލޯއެކެވެ.

Check Also

ރާއްޖޭގެ ތިމާވެށި

ލިޔުނީ: އަލްޔާ އަޙްމަދު އަރީފް، ގްރޭޑް 9 ދިވެހިރާއްޖެއަކީ، މާތް ﷲގެ ކުޅަދުންވަންތަކަމުން ދުނިޔޭގައި އުފެދިފައިވާ އެންމެ ރީތި، ޤުދުރަތީ …

Leave a Reply

Your email address will not be published. Required fields are marked *