ދިވެހިންގެ ސަޤާފަތް

ލިޔުނީ: މަރްޔަމް ރައުޝަން / ގްރޭޑް 6

ދިވެހިންގެ އަމިއްލަ ސަޤާފަތެއް އޮތުމަކީ އަހަރެމެން ދިވެހިން ފަހުރުވެރިވެ އުފާކުރަންޖެހޭ ކަމެކެވެ. މިގޮތަށް މިވާހަކަ ދެކުނުކަމުގައިވީނަމަވެސް ދިވެހިންގެ ސަޤާފަތް ކުރިއަރުވަން މަސައްކަތްކުރަނީ މަދުބައެކެވެ.  ދިވެހިންގެ ސަޤާފަތުގައި ލިބާސް، ކަނޑިކި، މުންޑު ހިމެނެއެވެ. އިހުޒަމާން މީހުން ލައިގެން އުޅުނީ ލިބާސް، ކަނޑިކި، ފޭލި، މުންޑު، އަދި ކުރުހެދުމާއި ދިގުހެދުމެވެ. ނަމަވެސް ޒަމާންބަދަލުވެ ދިވެހިންގެ ހެދުން އެޅުމުގެ ވައްޓަފާޅި ބަދަލުވުމާއެކު ލިބާހާއި ދިވެހި ހެދުންތަކަކީ ހަމައެކަނި ހާއްސަ ދުވަސްދުވަހަށް ފޮށިން ނަގާ ހެދުންތަކަކަށް ބަދަލުވެ ނިމިއްޖެއެވެ.      

ކުރީ ޒަމާނުގައި ފިރެހެނުން ދޯނިބަނދެ ލިޔެލާޖަހާ އަދި އަންހެނު ފަންގިވިނދެ ކުނާ ވިޔެއެވެ. އެހެން ނަމަވެސް ދިވެހިން އިހުގައި ކޮށްއުޅުނު މަސައްކަތްތައް ކޮށްއުޅޭތަން ފެންނަނީ މަދު ރަށެއްގައެވެ. އިހު ދިވެހިންގެ ޒަމާނުގައި އީދަކީ އަހަރުތެރޭގައި އަންނަ އެއް މުނާސަބަތެވެ. ސަޤާފަތާއި އާދަކާދައިގެ ތެރެއިން އެތައް ކަމެއް އީދާއި ގުޅިގެން ވެއެވެ. އީދުގައި މީހުން އީދު ނަމާދަށް ގޮސް މީހުނާއި ސަލާމްކޮށް އާއިލާގެ ގޭގެއަށް ވަދެ އެމީހުންގެ ހާލު ބަލާ ހަދައެވެ. މީގެ އިތުރުން އީދުގައި ކޯޑި ކުޅެ މާލި ހަދާއި، ތަކުރުނެރި، ފަންކުޅެ، ބަތާއި ދިގުދަނޑި ކުޅެ އުޅުނެވެ. މިނޫނަސް އެހެން ކުޅިވަރުތައް ވެސް ކުޅެއުޅުނެވެ. އެހެނެއްކަމަކު މިއަދު މިފެންނަ މަންޒަކީ ކާބަފައިންގެ އެއީދު ފޯރި އުވެމުންދާ ތަނެވެ. ކުރީ ޒަމާނުގައި ކުޅުނު އީދާކީ ވަރަށް ކުލަގަދަކޮށް ފާހަކުރަމުންދާ މުނާސަބަތެކެވެ. އެހެން ކަމުން ދިވެހި ސަޤާފަތާއި ތާރީޙް ދިރުވާ އާލަކުރަން އިޖުތިމާއި އަދި ފަރުދީ ފެންވަރުގައިވެސް މިހާރުވަނީ މަސައްކަތްކުރަން ޖެހިފައެވެ.      

Check Also

ރާއްޖޭގެ ތިމާވެށި

ލިޔުނީ: އަލްޔާ އަޙްމަދު އަރީފް، ގްރޭޑް 9 ދިވެހިރާއްޖެއަކީ، މާތް ﷲގެ ކުޅަދުންވަންތަކަމުން ދުނިޔޭގައި އުފެދިފައިވާ އެންމެ ރީތި، ޤުދުރަތީ …

Leave a Reply

Your email address will not be published. Required fields are marked *