ލިޔުނީ : ފަލަކް ފައްޔާޟް ފައިސަލް / ގްރޭޑް 4

އެއްސަހަރެއްގައި ޒޯޔާކިޔާ ކުއްޖެއް އުޅުނެވެ. ޒޯޔާއަކީ ފަންސުރު ހޮވާކުއްޖެކެވެ. ޒޯޔާހޮވާ ހުރިހާ ފަންސުރު ތަކެއް އަޅަނީ ކުޑަ ލަކުޑި ފޮށްޓަކަށެވެ. އެއްދުވަހަކު ޒޯޔާ ފަންސުރު ހޮވަން ދިޔައެވެ. ޒޯޔާ ފަންސުރު ހޮވަން ދިޔައީ ގޮނޑުދޮށަށެވެ. ޒޯޔާ ފަންސުރު ހޯދަން ދިޔަ މަގުމަތީގައި ވަރަށް ރީތި ފަނސުރެއް ފެނުނެވެ. ޒޯޔާ އެފަންސުރު ހިފައިގެން ގެއަށްދިޔައެވެ. ޒޯޔާ އެ ފަންސުރު މަންމަ އަށް ދެއްކިއެވެ. މަންމަ ބުންޏެވެ. ދަރިފުޅާއެވެ! ތިޔައީ ދަރިފުޅު ހޮވި އެންމެ ރީތި ފަންސުރެވެ. މަންމަ އެހެން ބުނުމުން ޒޯޔާ ވަރަށް އުފާވިއެވެ. ދެން ޒޯޔާ ދިޔައީ އެލީ އާއި އާނާ އައުމުގެ ކުރިން ކުޅޭއެއްޗެހި ކުނަލުގެ މަތީގައި އަތުރާށެވެ. އިރުކޮޅަކުން އެލީ އާއި އާނާ ޒޯޔާމެންގެ ގެއަށް އައެވެ.
އާނާ އާއި އެލީ ޒޯޔާ އާއި އެއްކޮށް ކުޅެން ފެށިއެވެ. މިހެން ކުޅެން ތިއްބާ އެގޭގެ އަނބު ގަހުން އަނބެއް ވެއްޓުނެވެ. ޒޯޔާ އެ އަނބު ނަގައި އާނާ މެން އަތަށް ދިނެވެ. ދެން އާނާ އާއި އެލީ ގެއަށް ދާން ހިނގައިގަތެވެ. ގެއަށް ދެވުނު އިރު އިރުއޮއްސި އަނދިރި ވެއްޖެއެވެ. އާނާ އާއި އެލީ ކައިގެން ނިދަން އޮށޯތެވެ. އާނާ ނިދަން އޮއްވާ އަނބު ހެލިގަތް ތަން ފެނުނެވެ. އާނާ ބިރުން މުޅިގައި ގައި ހީބިހި ނަގައި ގަތެވެ. އަދި އެލީ ގައިގައި ކޮއްޓާލިއެވެ. އެލީއަށް އިރުކޮޅަކުން ހޭލެވުނެވެ. އަދި ބުންޏެވެ ކިހިނެއްވީ؟ އާނާ ބުންޏެވެ. އެއީ އެއްކަލަ އަނބު ތެޅިލިހެން ހީވެގެންނެވެ. އެހެން ވިއްޔާ ހިނގާބަލަ ތިއީ އަސްލު އަނބެއްތޯ ބަލާލަން! އެލީ އަނބު ކައިރިއަށް ދަމުން ބުނެލި އެވެ. އަޅެތި އަނބުގެ އަސްލު ސިފަ ދައްކާލަ ބަލަ! އެލީ ބުންޏެވެ. އެހެން ބުނުމާއިއެކު އަނބު ކުޑަ ކޮށް ތެޅިލިއެވެ. އަނެއްކާވެސް އެލީ އެހެންބުނެލިއެވެ. ކުއްލިއަކަށް ކޮޓަރި ތެރެއަށް ބޮޑު އަލިގުޅައެއް ވެއްޓުނެވެ. އިސާހިތަކު މުޅި ކޮޓަރި ތެރެ އަލި ވެގެން ދިޔައެވެ. ދެން ފެނުނީ ވަރަށް ރީތި ޕަރީއެކެވެ. އެ ޕަރީ ހުރީ ވަރަށް ދެރަ ވެފައެވެ. އެލީ އާއި އާނާ އެކު އެކީގައި ބުންޏެވެ. ޕަރީ ކީއްވެގެންތަ ތިހާ ދެރަ ވެފަ ތިހުރީ؟ ޕަރީ ބުންޏެވެ. ޕަރީ މިއުޅެނީ ޕަރީގެ ފަންސުރު ގެއްލިގެން. އެރޭ އެލީ އާއި އާނާ ނިންމީ ޒޯޔާ ގެ ފަންސުރު ފޮށި ޕަރީ އަށް ދެއްކުމަށެވެ. ޖެހިގެން އައި ދުވަހު އާނާ އާއި އެލީ ޒޯޔާމެންގެ ގެއަށް ދިޔައެވެ. ޒޯޔާގެ ފަންސުރު ފޮށި ޕަރީ އަށް ދެއްކިއެވެ. ޕަރީގެ ފަންސުރު ފެނުނީ ޒޯޔާގެ ފަންސުރު ފޮށިންނެވެ. ޕަރީ ވަރަށް އުފާވިއެވެ. ޒޯޔާ، ޕަރީ ކައިރީ ގައި ބުންޏެވެ. މި ފަންސުރު އެހާ މުހިންމު ވަނީ ކީއްވެގެންތަ؟ ޕަރީ ބުންޏެވެ. ދޭބަލަ ފޮތެއް ހިފައިގެން އަންނަން. އެހެން ބުނުމާއި އެކު ޒޯޔާ ފޮތެއް ހިފައިގެން އައެވެ. ޕަރީ ބުންޏެވެ. ކޮންމެ ކުއްޖަކުވެސް މި ފަންސުރުން އެކުއްޖަކު ބޭނުންވާ އެއްޗެއް ކުރަހާށެވެ. އެހެން ބުނުމުން އެލީ ކުރެހީ ހެދުމެކެވެ. އާނާ ކުރެހީ ތާޖެކެވެ. ޒޯޔާ ކުރެހީ ޖާދޫގެ ފަންސުރެވެ. ތިން ކުދިން ކުރެހި އެއްޗެހިވެސް އަސްލު އެއްޗެއްސައް ބަދަލުވިއެވެ. އަދި ޒޯޔާ ކުރެހި ފަންސުރަކީ ޕަރީގެ ފަންސުރުކަމުން ޕަރީ ހުރީ ވަރަށް ދެރަވެފައެވެ.
ދެން ޒޯޔާ ބުންޏެވެ. މިއީ އަހަރެންގެ ފަންސުރެކެވެ. އަހަރެން މި ފަންސުރު އެކަކަށްވެސް ނުދޭނަމެވެ. ޒޯޔާ އެހެން ބުނުމުން އެލީ އާއި އާނާ ޒޯޔާއަށް ވިސްނައިދޭން ފެށިއެވެ. ޒޯޔާ ތިއީ ޒޯޔާގެ ފަންސުރެއް ނޫނެއްނު! ތީތި ޕަރީއަށް ދީބަލަ! އެހެން ބުނުމުން ޒޯޔާ ބުންޏެވެ. ޕަރީ އަށް މި ފަންސުރު ލިބޭނީ ކޮންމެ ހަފުތާއަކުވެސް މިގެއަށް ކުޅެލަން އަންނަ މަތިންނެވެ. ޕަރީ އެކަމާ އެއްބަސްވިއެވެ. އޭގެ ފަހުން ޕަރީ ކޮންމެ ހަފުތާއަކުވެސް ޒޯޔާ މެންނާއި އެއްކޮށް ކުޅެލަން އާދެއެވެ.