ތާޖުމަހަލް

ލިޔުނީ: އަންސް ބިން މުޙައްމަދު އަަރީފް، ގްރޭޑް 5

ތާޖުމަހަލް އަކީ ސާހުޖަހާން މުމްތާޒް މަހަލް ގެ ހަނދާނުގައި ބިނާކުރެއްވި ލާމަސީލް ބިނާއެކެވެ. މި ލާމަސީލް ބިނާ އިމާރާތް ކުރުމަށް 22 އަހަރު ހޭދަވިއެވެ. އަދި މިތަން ހެދުމުގައި ވިހިހާސް މަސައްކަތު މީހުންނާއި 1000 އެތް ބޭނުންކުރެވުނެވެ. މި ފުރިހަމަ ބިނާ ފަރުމާކޮށްފައިވަނީ އިރާންގެ އާކިޓެކްޓެއް ކަމުގައިވާ އިސްތާފް ޔޫސާއެވެ.

ތާޖުމަހަލްގެ އެއްމެ އަޖާއިބު ކުރަނިވި އެންމެ ފުރިހަމަ އެއްތަނަކީ މުމްތާޒް މަހަލް ބެހެއްޓިފައިވާ ކޮޓަރިކޮޅެވެ. މި ކޮޓަރިކޮޅުގެ ބިތްތައް ހަދާފައިވަނީ ސަންގުމަރުމަރު ހުދު ހިލައިންނެވެ. ބިތްތަކުގެ އޮފުކަން ބިއްލޫރިއެކޭ އެއްފަދައެވެ. މި ބިތްތަކަށް ޖަމްނާކޯރާއި ތާޖުމަހަލްގެ ކުރިމަތީގައި ހެދިފައިވާ ފެންގަނޑުގެ އަލި ދޯދިތައް އެޅުމުން ތަފާތު ކުލަތަކުން ކޮޓަރިކޮޅު ދިއްލެއެވެ.

ތާޖުމަހަލް އިމާރާތް ކޮށްފައިވަނީ ރަތްގަލުން ހެދިފައިވާ ބިންގަލެއްގެ މަތީގައެވެ. މުޅި އިމާރާތް ހެދިފައިވަނީ ސަންގުމަރުމަރު ހިލައިންނެވެ. ހަމަ މިއާއިއެކު ތާޖުމަހަލްގެ ގުއްބުވެސް ފަރުމާ ކުރެވިފައިވަނީ ސަންގުމަރުމަރު ހުދު ހިލަ އޮފުކޮށްގެންނެވެ. ގުއްބުގެ ބައްޓަން އެންމެ ވައްތަރީ މިސްކިތު މުންނާރަކާއެވެ. މި ގުއްބުވެސް ކަރަންޓާނުލާ އެކިކުލަތަކުން އެކި ވަގުތު ދިއްލެއެވެ. ހެނދުނުގެ ވަގުތު ފެންނަނީ ފިޔާތޮށި ކުލައިންނެވެ. ހަނދުވަރުގެ ވަގުތުގައި ފެންނަނީ ރަތްކުލައިންނެވެ. އަދި ތަފާތު މޫސުންތަކުގައި ތަފާތު ކުލަތައް އަރައެވެ.

ތާޖުމަހަލް ފަދަ ގުދުރަތުގެ ލާމަސީލް އަޖާއިބުތައް ރައްކާތެރިކޮށް އަންނަންއޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ މިއަދު އަޅުގަނޑުމެންގެ އެންމެ އިސް ވާޖިބު ކަމުގައި ހަދަމާހިނގާށެވެ.

ކިޔާލަން

އަޅުގަނޑުމެންގެ މާދަރީބަސް ނެތިދާން ދޫކޮށްލަނީތޯއެ؟

ލިޔުނީ: ހާމިދު ވަހީދު، ލީޑިންގ ޓީޗަރ އަޅުގަނޑުމެން ކުޑައިރު ދުނިޔޭގެ އެކި ގައުމުތަކުން އެއް ގައުމުން އަނެއް ގައުމާއި ދެމެދު …

Leave a Reply

Your email address will not be published. Required fields are marked *