ލިޔުނީ: ލަޔާން އިބްރާހީމް، ގްރޭޑް 10

އިންސާނާގެ ހިތާއި ސިކުނޑިއަށް ވާސިލްވެވޭނެ އެންމެ ކުރުމަގަކީ އެބައެއްގެ މާދަރީ ބަހެވެ. އެއީ އެންމެ ފުރަތަމަ ދަސްކުރާ ބަހަށް ވާތީއެވެ. މިހާރު ސްކޫލުތަކުގެ ފަށާ ތައުލީމު މަރުހަލާގައި ދިވެހި އިސްލާމް ފިޔަވާ ދެން ހުރި މާއްދާތައް ކިޔަވައިދެވެނީ ބޭރު ބަސްބަހުންނެވެ. މީގެ ސަބަބުން ކުދިންނަށް ދޭހަވުމާއި އެހީތެރިކަން ފޯރުވުމުގައި ބެލެނިވެރިންނަށްވެސް ދަތިތަކާއި ކުރިމަތިލާންޖެހެއެވެ. އެހެން ކަމުން ދިވެހިރާއްޖޭގެ ސްކޫލުތަކުގައި ބޭރުބަހަށްވުރެ ދިވެހިންގެ އަމިއްލަބަހުން ކިޔަވައިދިނުމަކީ އެންމެ އެދެވިގެންވާ ގޮތެވެ.
ދިވެހިރާއްޖޭގެ ސްކޫލުތަކުގައި ބޭރުބަހެއްގެ ބަދަލުގައި ދިވެހިބަހުން އުނގައްނައިދެވޭނަމަ ދިވެހިބަހަށް ފަރިތަވެ ފަސޭހައިން ދަސްވާނެއެވެ. އެއީ ހުރިހާ މާއްދާއެއް ދިވެހިބަހުން ކިޔަވައިދެވޭނަމަ ބަހުގެ ބަސްކޮށާރު ދަސްވެ ބަހަށް ފަރިތަވެ ހުށިޔާރުކަމާއެކު ވާހަކަދެއްކުމުގެ ހުނަރުވެރިކަން ލިބިގެންދާނެތީއެވެ. މީގެ އިތުރުން ބަހުގެ ޤަވާއިދާއި ހަމަތައް ގިނައިން ފަރިތަކުރެވި ލިޔުންތެރިކަންވެސް ތަރައްޤީވާނެއެވެ. އެހެން ކަމުން ދިވެހިރާއްޖޭގެ ސްކޫލުތަކުގައި ބޭރުބަހެއްގެ ބަދަލުގައި ދިވެހިބަހުން އުނގައްނައިދެވޭނަމަ ދިވެހިބަހަށް ފަރިތަވެ ފަސޭހައިން ދަސްވާނެކަމީ ސައްކެއްވެސް ނެތް ހަގީގަތެކެވެ.
ދިވެހިރާއްޖޭގެ ސްކޫލުތަކުގައި ބޭރުބަހެއްގެ ބަދަލުގައި ދިވެހިބަހުން އުނގައްނައިދެވޭނަމަ ބުނެދޭ އެއްޗެއް ދޭހަވެ އޮޅުންފިލާލެއް ފަސޭހަވާނެއެވެ. އެއީ އަހަރެމެން ކުޑައިރުއްސުރެން އަހަރެމެން ދަސްކުރަމުން އަންނަ ބަސްވީމައާއިއެކު އެމީހެއްގެ އަމިއްލަ ބަހަކީ އެމީހަކަށް އެންމެ ފަސޭހަވެގެންދާނެ ބަހަކަށްވާތީއެވެ. އަދި އެންމެން އެބަހުން ވާހަކަ ދައްކާނަމަ އެބަހަކަށް އެކުއްޖަކު ހުންނާނީ ވަރަށް ރަނގަޅަށް އޮޅުންފިލާ ދަސްވެފައެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ސްކޫލުތަކުގައި ބޭރުބަހެއްގެ ބަދަލުގައި ދިވެހިބަހުން އުނގައްނައިދެވޭނަމަ ބުނެދޭ އެއްޗެއް ދޭހަވެ އޮޅުންފިލާލެއް ފަސޭހަވާނެކަމީ ސައްކެއްވެސް ނެތް ހަގީގަތެކެވެ.
ދިވެހިރާއްޖޭގެ ސްކޫލުތަކުގައި ބޭރުބަހެއްގެ ބަދަލުގައި ދިވެހިބަހުން އުނގައްނައިދެވޭނަމަ ނަތީޖާ ރަނގަޅުވާނެއެވެ. އެއީ އެކުއްޖަކަށް އެކުއްޖެއްގެ އަމިއްލަބަހުން ފިލާވަޅުތައް ދަސްކުރަން ފަސޭހަވާނެތީއެވެ. މީގެ އިތުރުން ދިވެހިބަހުން އެއްޗެހި ކިޔައިދިނުމުން އެކުއްޖެއްގެ ސިކުނޑިއަށް ނަގައިލެވޭލަތް ފަސޭހަވެއެވެ. ހަމައެހެންމެ އެބަހުން މުދައްރިސުން ކުދިންނަށް ކިޔަވައިދިނުމުން އެކުދިންނަށް ޓެސްޓްތަކުގައި ރަނގަޅު ނަތީޖާ ނެރެވޭނެއެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ސްކޫލުތަކުގައި ބޭރުބަހެއްގެ ބަދަލުގައި ދިވެހިބަހުން އުނގައްނައިދެވޭނަމަ ނަތީޖާތައް ރަނގަޅުވާނެކަމީ ސައްކެއްވެސް ނެތް ހަގީގަތެކެވެ.
ދިވެހިރާއްޖޭގެ ސްކޫލުތަކުގައި ބޭރުބަހެއްގެ ބަދަލުގައި ދިވެހިބަހުން އުނގައްނައިދެވޭނަމަ ހަވާލުކުރެވޭ މަސައްކަތް ފަސޭހައިން ނިންމޭނެއެވެ. އެއީ އެކުދިންގެ އަމިއްލަ ބަހުން ކިޔަވައިދެވޭ އެއްޗެހި އެކުދިންނަށް އެނގުމުން އެކުދިންނަށް ދޭ ފިލާވަޅުތައް ހަދަން އެނގޭނެތީއެވެ. އަދި އެހީތެރިކަން ބޭނުންވިޔަސް އެކުއްޖެއްގެ ބެލެނިވެރިއެއް ކައިރީގައިވެސް ދިވެހިބަހުންވެއްޖެ ނަމަ އެ އެއްޗެއް ކިޔަވައިދެވޭނެއެވެ. ހަމަ އެހެންމެ އެބަހުން ލިޔެފައި ހުން ސުވާލުތައް ދެނެގަންނަން ވެސް ފަސޭހަވާނެއެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ސްކޫލުތަކުގައި ބޭރުބަހެއްގެ ބަދަލުގައި ދިވެހިބަހުން އުނގައްނައިދެވޭނަމަ ހަވާލިކުރެވޭ މަސައްކަތައް ނިންމުމަށް ފަސޭހަވާނެކަމީ ސައްކެއްވެސް ނެތް ހަގީގަތެކެވެ.
ދިވެހިރާއްޖޭގެ ސްކޫލުތަކުގައި ފަށާތައުލީމު މަރުހަލާގައި ބީރައްޓެހި ބަހަކަށްވުރެ ރަނގަޅީ އެބައެއްގެ މާދަރީ ބަހުންނެވެ. އެއީ މާދަރީބަހުން ކިޔަވައިދީފިނަމަ ދިވެހިބަސް ދަސްވެ ފަރިތަވާ މިންވަރު އިތުރުވުމާއި ކިޔަވައިދޭ އެއްޗެހި ދޭހަވެ އޮޅުންފިލާ މިންވަރު އިތުރުވުމާއި މާއްދާތަކުން ހޯދާ ނަތީޖާ ރަނގަޅުވުމާއި ގެއަށް ހަވާލުކުރެވޭ މަސައްކަތްތައް ނިންމުމަށް ނުހަނު ފަސޭހަވާނެތީއެވެ. އެހެންކަމުން ބޭރުބަހެއްގެ އަވާގައިނުޖެހި ދިވެހިބަހަށް ބަރޯސާވާ މިންވަރު އިތުރުކުރެވިއްޖެ ނަމަ ފަށާތައުލީމު އުނގެނޭ ދަރިވަރުންނަށް އެއްގޮތައްވުރެ ގިނަ ގޮތްގޮތުން ފައިދާވާނެކަމީ ދެބަސްވެވެން ނެތް ހަޤީގަތެކެވެ.
Faanooz Vaadhoo School