ފަތިސްވެ، އިރުގެ އަލިކަން ކޮޓަރިއަށް ވަންއިރުވެސް އަމީނާ އޮތީ ހަމަ ނުނިދައެވެ. ޖިންނި ބުނި ބަސްތައް އޭނާގެ ކަންފަތުގައި ގުގުމާލިއެވެ. ދޮންއާދަނު މިފޮތިގަނޑު ބޭނުންކުރަން މަސައްކަތްކުރީ ކީއްކުރަން ބާވައެވެ؟ އޭނާ ހުރި ހާލަތަކީ ކޮބައިބާވައެވެ؟ ސުވާލުތައް އޭނާގެ ސިކުނޑިއަށް ބާރުބޮޑުކުރަމުން ދިޔައެވެ. އަމީނާ އެނދުން ތެދުވެ ކޮޓަރީގައި ހުރި ގޮނޑިއެއްގައި އިށީނެވެ. ކުއްލިއަކަށް އަމީނާއަށް އިވުނީ ޖިންނި ވާހަކަ ދައްކާ އަޑެވެ. ”މި ފޮތިގަނޑަކީ ވަރަށް ބާރުގަދަ އެއްޗެއް. ދޮންއާދަނު މަސައްކަތްކުރީ މި ފޮތިގަނޑު ބޭނުންކޮށްގެން އޭނާގެ ފުރާނަ ސަލާމަތްކުރަން ނުވަތަ އޭނާ ހައްޔަރުކުރި …
Read More »