އެއްދުވަހެއްގެ މެންދުރުގެ ވަގުތެކެވެ. އަލީގެ މަންމަ އިނީ މެންދުރަށް ރިހަކައްކާށެވެ. އަލީއަކީ އާންމުކޮށް މަންމައަށް އަތްގާތްކޮށްދޭން ކައިރީގައި ހުންނަ ކުއްޖެއް ނޫނެވެ. އެހެންކަމުން އަލީއަށް މާބޮޑަށް ކެއްކުމުގެ ކަންތައްތަކެއް ނޭނގެއެވެ. ނަމަވެސް އެދުވަހު މަންމަ ކައްކަން އިނީ އަލީއަށް އެންމެ މީރު ކުޅިރިހައެވެ. އެހެންކަމުން އަލީ މަންމަކައިރީގައި ބަދިގޭގައި އެހީތެރިވެދީ އުޅުނެވެ. ކުއްލިއަކަށް އަލީގެ މަންމަ ތަނަކަށް ދާންޖެހިއްޖެއެވެ. މަންމަ އަލީ ކައިރީގައި ބުންޏެވެ. ” ދަރިފުޅާ.. މަންމަ ބޭރަށް ގޮސްލާފަ އަންނަންދެން މި ރިހަތެލި ބަލާލަދީބަލަ.. ” އަލީ ހުރީ މަންމައަށް އެހީވެދެވޭތީ …
Read More »