އަދަބީ

ބަވަނަވަމުންދާ ދުނިޔޭގައި ދިވެހިބަހަކީ މަރުވިޔަނުދީ ދަމަހައްޓާން ބޭނުން ބަހެއްބާ؟

ފެށުން ކޮންމެ ގައުމެއްގައި ވެސް އެ ބަޔަކު ވާހަކަދައްކާއުޅޭ، އަދި ލިޔެހަދާ ބަހެއް އޮންނާނެއެވެ. އެ ގޮތުން މި ކުޑަކުޑަ ދިވެހިރާއްޖޭގައި ބޭނުންކުރާ ބަހަކީ ދިވެހިބަހެވެ. އެހެންނަމަވެސް ބަވަނަވަމުންދާ ދުނިޔޭގައި ދިވެހިބަހަށް ވެސް ތަފާތު އެކި އެކި ބަސްބަހުގެ ނުފޫޒު އަންނަނީ ފޯރަމުންނެވެ. ތަފާތު އެކި ގޮތްގޮތަށެވެ. ތަފާތު އެކި ދިމަދިމާއިންނެވެ. އެހެންކަމުން ބަވަނަވަމުންދާ ދުނިޔޭގައި ދިވެހިބަހަކީ މަރުވިޔަނުދީ ދަމަހައްޓަން ބޭނުން ބަހެއްބާ؟ ދުނިޔެ މިހާބޮޑަށް ބަވަނަވެފައި ވުމާއެކު ދިވެހިބަހަކީ މަރުވިޔަނުދީ ދަމަހައްޓާން ބޭނުން ބަހެއް ކަމަކަށް ނުފެނެއެވެ. އެގޮތުން މިޒަމާނުގައި ބަލާލާނީ ސްކޫލުތަކުގައި …

Read More »

ވާހަކަ: އޭނާ

ފަތިސްވެ، އިރުގެ އަލިކަން ކޮޓަރިއަށް ވަންއިރުވެސް އަމީނާ އޮތީ ހަމަ ނުނިދައެވެ. ޖިންނި ބުނި ބަސްތައް އޭނާގެ ކަންފަތުގައި ގުގުމާލިއެވެ. ދޮންއާދަނު މިފޮތިގަނޑު ބޭނުންކުރަން މަސައްކަތްކުރީ ކީއްކުރަން ބާވައެވެ؟ އޭނާ ހުރި ހާލަތަކީ ކޮބައިބާވައެވެ؟ ސުވާލުތައް އޭނާގެ ސިކުނޑިއަށް ބާރުބޮޑުކުރަމުން ދިޔައެވެ. އަމީނާ އެނދުން ތެދުވެ ކޮޓަރީގައި ހުރި ގޮނޑިއެއްގައި އިށީނެވެ. ކުއްލިއަކަށް އަމީނާއަށް އިވުނީ ޖިންނި ވާހަކަ ދައްކާ އަޑެވެ. ”މި ފޮތިގަނޑަކީ ވަރަށް ބާރުގަދަ އެއްޗެއް. ދޮންއާދަނު މަސައްކަތްކުރީ މި ފޮތިގަނޑު ބޭނުންކޮށްގެން އޭނާގެ ފުރާނަ ސަލާމަތްކުރަން ނުވަތަ އޭނާ ހައްޔަރުކުރި …

Read More »